އިސްރަށްވެހިންގެ ނާދީއަށް ސްޕޯޓްސް މިނިސްޓްރީން ޓޭބަލް ޓެނިސް ކުޅޭ ތަކެތި ހަދިޔާކޮށްފިއެވެ.
އާއިލީ ތަަރައްޤީއާ ބެހޭ މިނިސްޓްރީން ބުނީ އިސްރަށްވެހިންގެ ނާދީގައި އެ ކުޅިވަރު ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޓޭބަލް ޓެނިސް އެކަޑެމީގެ އެހީތެރިކަމާއެކު ކަމަށެވެ.
މި ޕްރޮގްރާމްގެ ސަބަބުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް އިސްރަށްވެހިންނަށް މަގުފަހިވުމުގެ އިތުރުން، ޖީލުތަކުގެ މެދުގައި އޮންނަ ހުސްކަން ކުޑަކުރުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށް އެ މިިނިސްޓްރީން ހާމަކުރެެއެވެ.
އިސްރަށްވެހިންގެ ނާދީއަކީ އިސްރަށްވެހިންގެ އިޖުތިމާޢީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ތަފާތު އެކި ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގަމުންދާ، އިސްރަށްވެހިންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދައިފާ މަރުކަޒެކެވެ.
މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް އޮންނާނެ ކަމަށް އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ހާމަކުރެއެވެ.



