މާލެ-ހުޅުމާލެ ހައިވޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދެ ސައިކަލު ޖެހި އެކްށިޑެންޓެއް ހިނގާފައިވާކަން ރޭ 10:02 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ދެ ސައިކަލު ދުއްވި ދެ މީހުންނަށް ކަމުގައި ފުލުހުން ވިދާޅުވި އެވެ.
މި މައްސަލަ ފުލުހުން ގެންދަވަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.




