ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީން ބާއްވާ ކުއިޒްގައި ބައިވެރިވެގެން ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ މި މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހާއި ހަަމައަށް ކަމަށެވެ.
އެގޮތުން މި މުބާރާތުގައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ގައި ދެ ސުވާލެއް އެ އެ މިނިސްޓްރީގެ ރަސްމީ މީސް މީޑިއާ އެކައުންޓްގައި ޕޯސްޓް ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ.
އަދި ކޮންމެ ދުވަހަކު އެ ދުވަހެއްގެ މެންދަމު 12:00 ގެ ކުރިން ކޮމެންޓް ސެކްޝަންގައި އެ ދެ ސުވާލަށް ޖަވާބު ފޮނުވަންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި މުބާރާތުގައި އެއްްވަނައަށްދާ ފަރާތަކަށް އިނާމެއްގެ ގޮތުގައި 1000 ރުފިޔާ ކަނޑައަޅާފައި ވާއިރު، ދެވަނައަށްދާ ފަރާތަކަށް ވަނީ 750 ރުފިޔާ ކަނޑައަޅާފައެވެ. އަދި ތިންވަނައަށްދާ ފަރާތަކަށް އިނާމެއްގެ ގޮތުގައި ވަނީ 500 ރުފިޔާ ކަނޑައަޅާފައެވެ.
ބައިނަލްއަޤްވާމީ ކަނޑުތަކުގެ ދުވަސް ނުވަތަ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 8 ވަނަ ދުވަހެވެ.




