ހއ. ދިއްދޫ އައު ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ބިން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ނާޒިމް ބައްލަވާލައްވައިފިއެވެ.
ދިއްދޫ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ބިން މިނިސްޓަރު ބައްލަވާލައްވާފައި ވަނީ ހއ. ކެލާގެ އީދު ހަރަކާތުގައި ބައިވެރިވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްދޫ ހޮސްޕިޓަލުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅުގައެވެ.
ދިއްދޫ ހޮސްޕިޓަލުގެ ދައުވަތަކަށް އެ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި މިނިސްޓަރު ވަނީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުނާއި ނަރުހުންގެ ކަންކަމާއި، ލެބޯޓްރީގެ ޚިދުމަތާއި ބޭސް ރަށުން ލިބުމުގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެެވެ.
އެގޮތުން އަބަދުވެސް ބޭސް ލިބޭތޯ ކަށަވަރު ކުރުމަށް ހޮސްޕިޓަލުންވެސް އިސްކަންދެއްވާ އެކަން ބެއްލެވުމަށް މިނިސްޓަރ އެދިވަޑައިގަތެވެ.
މީގެ އިތުރުން ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމާއި، އެކު އައު ހޮސްޕިަލް އެޅުމަށް ބަޔަކާއި ހަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ މަސައްކަތް ގޮސްފައިވާ ހިސާބުވެސް މިނިސްޓަރު ވަނީ ހޮސްޕިޓަލުގެ އިސްވެރިންނާއި ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓަރު ނާޒިމް ވަނީ އައު ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ބިން ވެސް ބައްލަވާފައެވެ.



