ޗައިނާ ސަރުކާރުގެ އެހީގައި 50 ރަށެއްގައި ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތުގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް އަންނަ ޖުލައި މަހު ޗައިނާގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެއެވެ.
މިކަމާ ބެހޭގޮތުން ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފު އުމަރު ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެެއްގައި ވިދާޅުވީ ކައުންސިލުތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
އެގޮތުން ކައުންސިލް އިމާރާތްތަކުގެ ތެރެއިން 50 އޮފީހެއް އަލަށް އެޅުމުގެ މަސައްކަތަކީ އެގޮތުގެ މަތިން ހިންގާ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއުގެ ފީސިބިލިޓީ ހަދަން އަންނަ މަހު ޗައިނާގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއެވެ.
މި މަޝްރޫއުގެ ލެޓާ އޮފް އެކްސްޗޭންޖުގައި ޗައިނާ ސަރުކާރާއި ރާއްޖެއާ ދެމެދު މިދިޔަ މަހު ފަހުކޮޅު ވަނީ ސޮއިކޮށްފައެވެ.
މިއީ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ދުވަސްވީ އަދި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކައުންސިލް އިދާރާތަކުގެ ޖާގައިގެ މައްސަލަ ހައްލު ކުރުމަށް ޒަމާނީ ފެންވަރަށް އައު އޮފީސް އިމާރާތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ހިންގާ މަޝްރޫއެކެވެ.
އެގޮތުން ޗައިނާ ސަރުކާރުގެ އެހީގައި ކައުސިލު އިމާރާތް އަޅާ ރަށްތަކަކީ:
– ހއ. ވަށަފަރު
– ހއ. އިހަވަންދޫ
– ހއ. ދިއްދޫ
– ހދ. ކުމުންދޫ
– ހދ. ނޭކުރަންދޫ
– ހދ. ވައިކަރަދޫ
– ށ. ފޭދޫ
– ށ. ކޮމަންޑޫ
– ށ. ގޮއިދޫ
– ށ. ނަރުދޫ
– ނ. ހެނބަދޫ
– ނ. ޅޮހި
– ނ. ފޮއްދޫ
– ނ. މަނަދޫ
– ނ. މަގޫދޫ
– ނ. ލަންދޫ
– ރ. ވާދޫ
– ރ. ހުޅުދުއްފާރު
– ބ. ކަމަދޫ
– ބ. ކުޑަރިކިލު
– ބ. ފެހެންދޫ
– ބ. އޭދަފުށި
– ބ. ތުޅާދޫ
– ބ. ކިހާދޫ
– ޅ. ކުރެންދޫ
– ކ. ހިންމަފުށި
– ކ. ކާށިދޫ
– ކ. ގުރައިދޫ
– ކ. ތުލުސްދޫ
– ކ. ގާފަރު
– އދ. ކުނބުރުދޫ
– އދ. މަހިބަދޫ
– އދ. ފެންފުށި
– މ. މުލި
– މ. ދިއްގަރު
– މ. މުލައް
– ފ. ފީއަލި
– ދ. ހުޅުދެލި
– ދ. ބަނޑިދޫ
– ތ. އޮމަދޫ
– ތ. ގާޑިއްފުށި
– ތ. ބުރުނީ
– ތ. ގުރައިދޫ
– ތ. ވޭމަންޑޫ
– ލ. މާބައިދޫ
– ލ. ކުނަހަންދޫ
– ލ. މާވަށް
– ގއ. މާމެންދޫ
– ގއ. ނިލަންދޫ
– ގދ. މަޑަވެލި




