ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
ފުލުހުން ހޯދަން އިއުލާނުކޮށްފައި ވަނީ ނ.މަނަދޫ / ރީޙުއްޞަބާ، އަޙްމަދު ހިޝާމް (35އ) އެވެ.
ފުލުހުން މިއަދު ބުނީ މ.މުލީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެ.
އެހެންކަމުން ވަނަވަރު ހާމަކޮށް ތަހުގީގަށް ހާޒިރުވުމަށް އޭނާއަށް އާންމުކޮށް އަންގައި އިއުލާނުކުރާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައިގެ ތަހުގީގަށް އޭނާ ހާޒިރު ކުރަނީ ތުހުމަތުކުރެވޭ މައްސަލައެއްގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.
އެހެންކަމުން ފުލުހުން ވަނީ އޭނާއާ އެންމެ ކައިރިީ ހުރި ޕޮލިސް ސްޓޭޝަންއަކަށް، 2025 ޖޫން 15 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް އަންގާފައެވެ.


