ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އދ. މާމިގިލީގެ މަގު ހެދުމުގެ މަޝްރޫޢުއާ ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތްތައް މިއަދު ހާމަ ކޮށްފިއެވެ.
އެގޮތުން އާރްޑީސީން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ، މާމިގިލީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިވަގުތު ކުރިއަށް ދަނީ އެ ރަށު ރަށްދެބައި މަގުގެ ދުވާރު އެއްވަރު ކުރުމުގެ މަސައްކަތް ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުތައް ތަރައްގީ ކުރުމަށް އާރްޑީސީން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މިވަގުތުވެސް ނޯތު ރީޖަންގައި ހިމެނޭ ގިނަ ރަށްތަކާއި ސައުތު ރީޖަންގައި ހިމެނޭ ގިނަ ރަށްތަކުގެ މަގުތައް ތަރައްގީ ކުރުމާއި ދުވާރު ރަނގަޅު ކުރުމުގެ ބުރަ މަސައްކަތް އާރްޑީސީން ދަނީ ކުރަމުންނެވެ.




