ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން އަލީ ސުޒެއިން އިސްތިއުފާދީފިއެވެ.
އޭނާ މިކަންހާމަކޮށްފައިވަނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭ އަތުން ރާއްޖެ ބަލިވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒެއިން ވަނީ ކޯޗުގެ މަގާމުން އޭނާ ވަކިވާން ނިންމާފަވާކަން އިއުލާންކޮށްފައެވެ.
އެގޮތުން ސުޒެއިން ވަނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭ އަތުން ރާއްޖެ ބަލިވި މެޗުގެ ޒިންމާ ފުރިހަމައަށް އޭނާ ނަގާ ކަމަށް ބުނެފައެވެ.
މީގެ އިތުރުން މިއީ ގައުމީ ޓީމާ އެހެން ކޯޗެއް ހަވާލުވުމުގެ ވަގުތު ކަމަށް ސުޒެއިން ވަނީ ބުނެފައެވެ.
އަދި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުގެ މަގާމާ ދުރަށްދާން އޭނާ ނިންމާފައިވާ ކަމަށް ސުޒެއިން ވަނީ ބުނެފައެވެ.




