އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީއަށް 20 ޓެބްލެޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.
މިކަންހާމަކޮށް އެ މިިނިސްޓްރީން މިއަދު ބުނީ އެ ކަމަށް އެދި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އެ މިިނިސްޓްރީން އާންމުކުރި މައުލޫމާތު ޝީޓުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.
އަދި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ 10:00 ގެ ކުރިން ލިންކު(eportal.msfd.gov.mv) މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
އެގޮތުން އެކަމަށް އެދި ބީލަމުގައި ބައިވެރިވެ ވަޑައިގަތުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މައުލޫމާތު ޝީޓު މެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެެއެވެ.
ހަމައެހެންމެ ބިޑަށް ރަޖިސްޓްރީ ކުރުމަށްފަހު ކުރިމަތިލާން ބޭނުންވާ އިއުލާން ނަންބަރު ނެގުމަށްފަހު ކުންފުނި އަދި މީހާގެ މަޢުލޫމާތު ފުރިހަމަކޮށް ފޯމް ސަބްމިޓް ކުރުމުން ބިޑަށް ރަޖިސްޓްރީވެވޭނެ ކަމަށާއި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށް އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ހާމަކުރެއެވެ.
އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ވަނީ އެ ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ މި މަހުގެ 16 ވަަނަ ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީއަށް މެއިލްކުރުމަށް އެދިފައެވެ.
މީގެ އިތުރުން މި މަސައްކަތަށް އެދި އަންދާސީ ހިސާބުހުޅަހެޅުން އޮންނާނީ2025 ޖޫން19 ވާ ބުރާސްފަތި ދުވަހުގެ13:00 ގައި ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު އެ މިނިސްޓްރީގެ ފޯން ނަންބަރު 3013017 އިން ލިބޭނެ ކަމަށް އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ހާމަކުރެއެވެ.




