ޔަހޫދީ އިޒްރޭލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން، ފާއިތުވީ 24 ގަޑިއިރު ތެރޭގައި 120 މީހުން ޝަހީދު ކޮށްލައިފިއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުން ޝަހީދުކޮށްލި 120 މީހުންގެ ތެރޭގައި، އެހީގެ މަރުކަޒުތަކަށް އެހީ ހޯދަން ދިޔަ އެތައް ބަޔަކު ވެސް ހިމެނެއެވެ. އިޒްރޭލުން އަންނަނީ އެ ސަރަހައްދަށް ހަމަލާ ނުދިނުމަށް ގޮވާލައި، އަންގާފައިވާ އެންގުންތަކާ ތަކުރާރުކޮށް ހިލާފުވެ، އެހީ ހޯދުމަށް އެ ސަރަހައްދަށް އެއްވާ އާންމުންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.
ހަނގުރާމަ ހުއްޓާލުމަށް މިއަހަރުގެ ޖެނުއަރީ މަހު ވީ އެއްބަސްވުމާ ހިލާކުވެ، މާރިޗް މަހުގެ 2 ވަނަ ދުވަހު އަނެއްކާވެސް އިޒްރޭލުން ޣައްޒާއަށް ހަމަލާ ދޭން ފެށިފަހުން، 55،000 އަށްވުރެ ގިނަ މީހުން ޣައްޒާއިން ވަނީ ޝަހީދު ކޮށްލާފައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، އިއްޔެ ދޭން ފެށި ހަމަލާތަކުގައި އެހީ ހޯދަން ދިޔަ 57 ރައްޔިތަކު ޔަހޫން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި 363 މީހަކު މި ހަމަލާތަކުގައި ޒަހަމް ކޮށްލާފައިވާ ކަމަށް ވެސް ރިޕޯޓު ކޮަށްފައިވެއެވެ.




