މާލޭގެ ގެއެއްގެ ތެރެއިން ނިޔާވެފައި އޮތް ދިވެއްސަކު މިއަދު ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ މައްޗަންގޮޅި ގެއަކުން މިއަދު ހެނދުނު ”ފަރުވާއަށް މީހަކު އައިޖީއެމްއެޗަށް ގެންދިޔަ“ ކަމަށެވެ. ނަމަވެސް އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޭނާ އޮތީ ނިޔާވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
ނިޔާވެފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ނަމަވެސް މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
މި މައްސަލައާ އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމުގައި ފުލުހުން ވިދާޅުވިއެވެ.




