ސައްހަ ނޫން ޓްރާންސްފަރ ސްލިޕްތަކެއް ފޮނުވި މައްސަލައެއްގައި ޒުވާން އަންހެނަކު ފުލުހަށް ހާޒިރު ކުރަން މިއަދު އިއުލާނު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ފުލުސް އޮފީހުން މިއަދު ބުނި ގޮތުގައި، އެ ތަނުގެ ’ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަން‘ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހަށް ހާޒިރު ކުރުމަށް މީހަކު ހޯދާ ކަމަށެވެ.
އެގޮތުން މި މައްސަލައިގައި ފުލުހުން ހޯދަމުން ދަނީ ހދ. މަކުނުދޫ / ލުބޯގަސްދޮށުގެ، ޢާއިޝަތު މަލީހާ (22އ) އެވެ. އޭނާ ހޯދުމަށް އިއުލާނު ކޮށްފައިވަނީ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ނުކުރެވިގެން ކަމުގައި ފުލުހުން ވިދާޅުވިއެވެ.
މަލީހާ ފުލުހަށް ހާޒިރު ކުރަނީ މި މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށެވެ.
އެގޮތުން މި މައްސަލައާ ގުޅިގެން އޭނާ ހާޒިރުވާން ޖެހެނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ، 2025 ޖޫން 18 ވަނަ ދުވަހުގެ 10:00 އަށެވެ.




