އެއާ އިންޑިއާގެ މަތިންދާބޯޓެއް ގުޖަރާތުގެ އަހްމަދުއާބާދުގެ މީހުން އުޅޭ ސަރަހައްދަކަށް ވެއްޓިއްޖެ، އޭގައި ދަތުރުކުރި 242 މީހުން މަރުވެއްޖެއެވެ.
އޭއެންއައި އިން ރިޕޯޓްކޮށްފައިވާ އިނގިރޭސި ވިލާތުގެ ލަންޑަނަށް ދާން ފުރި ވަގުތު ވެއްޓުނު މި ބޯޓުގައި ތިބީ 230 ފަސިންޖަރުންނާއި 12 ކްރޫއިންނެވެ.
ފްލައިޓް އޭއައި171 ވެއްޓުނު މަންޒަރުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވެސް އާންމުވެފައި ވާއިރު، އެ ވީޑިއޯއިން ފެންނަނީ ފްލައިޓް މައްޗަށް އަރަން ދިޔައިރު މަތީގައި ނުހިފެހެއްޓި މަޑުމަޑުން ގޮސް ވެއްޓި މުޅި ބޯޓުގައި ހުޅުގަނޑު ފަޅައިގެންދާ ތަނެވެ.
މި ހާދިސާއާ ގުޅޭގޮތުން އިންޑިއާ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ބޯއިން 787-8 ޑްރީމްލައިނާ ވެއްޓުނީ އެއާޕޯޓް ކައިރިއަށެވެ. އަދި ވެއްޓުނީ ބޯޓު ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް ބޯޓު ވެއްޓެން ދިމާވި ސަބަބަކާ ބެހޭ ގޮތުން ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ބޯޓު ވެއްޓުނު އިރު ލޭންޑިން ގިއަރު ވެސް މައްޗަށް ނުނެގެއެވެ.



