ނ. މަނަދޫއާއި ނ. ކެނދިކުޅުދޫގެ މަގުތައް ތަރައްޤީ ކުރަން ބޭނުންވާ ސާމާނު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އެ ރަށްރަށަށް މިއަދު ފޮނުވައިފިއެވެ.
އެ މަސައްކަތުގެ އަދާހަމައެއް ދެމުން އާރްޑީސީން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ މަނަދޫ އާއި ކެނދިކުޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުއަށް ބޭނުންވާ ސާމާނު އަދި ވެހިކަލްތައް ފޮނުވައި އެ ރަށަށް ބޭލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އެ ރަށްތަކުގެ މަގު ހެދުމަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް އާރްޑީސީން ފަށާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގަ އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އާރްޑީސީން އަންނަނީ، ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަމުންނެވެ.




