ކޫލް ސްކޫލު މަޝްރޫއުގެ ދަށުން ސްކޫލުތައް އޭސީ ކުރަން ފެނަކައާ ހަވާލުކޮށްފިއެވެ.
މިކަންހާމަކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީންނެވެ.
އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ”ކޫލް ސްކޫލް ޕްރޮޖެކްޓް“ ގެ ދަށުން، ސަރުކާރު ސްކޫލުތަކަށް ބޭނުންވާ އޭސީ ހޯދުމާއި ހަރުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.
ކޫލް ސްކޫލު ޕްރޮޖެކްޓަކީ ސްކޫލްތައް ފިނިކުރުމުގެ ގޮތުން ސްކޫލުތަކުގައި އޭސީ ހަރު ކުރަން މި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ.



