މ. ރަތްމަންދޫ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ނިންމާލައިފިއެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކުރި ޕޯސްޓެއްގައި ބުނީ އެ އޮތޯރިޓީން މ. ރަތްމަންދޫ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ ރަތްމަންދޫ ކައުންސިލްގެ އައު ކައުންސިލް އިމާރާތުގެ މަޝްރޫއުގެ މަސައްކަތް ނިމިފައިވާކަމަށެވެ.
އަދި މިއީ އެ އޮތޯރިޓީގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމެނިގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެއް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މި މަޝްރޫއަށް އެލްޖީއޭއިން ކަނޑަައަޅާފައި ވަނީ 4.8 މިލިޔަން ރުފިޔާއެވެ.
ރަތްމަންދޫ ކައުންސިލްގެ އައު އިމާރާތުގައި 80 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި 16 މީހުންގެ ޖާގައިގެ މީޓިންގް ރޫމެއް ހިމެނެއެވެ.


