ފުޑް ސެކިއުރިޓީގެ ޤައުމީ މަޝްރޫޢު ފެށުމަށް ބޭނުންވާ ބިން ގއ. ކޮނޑޭ ކައުންސިލުން، އެގްރިކަލްޗަރ މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.
އެގްރިކަލްޗަރ މިނިސްޓްރީގައި އެ ބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އާއި އެ މިނިސްޓްރީގެ އިސްވެރިން މިއަދު ވަނީ ބައިވެރިވެފައި ކަމަށެވެެ. އަދި ކޮނޑޭ ކައުންސިލުގެ މެންބަރުންވެސް ވަނީ ބައިވެރިވެފައެވެ.
އެ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ކޮނޑޭ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެރަށުު ކައުންސިލްގެ ރައީސް އަޙްމަދު އަބްދުލްކަރީމް އެވެ.
އެގްރިކަލްޗަރ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްޓަރީ މުޙައްމަދު އަނީސް އެވެ.
ރާއްޖޭގައި ޤައުމީ ފެންވަރުގައި ފުޑް ސެކިއުރިޓީ މަޝްރޫޢުއެއް ގއ ކޮނޑޭގައި ގާއިމް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ.



