ދިވެހި ޙައްޖުވެރިންގެ ތިން ވަނަ ގުރޫޕު މިއަދު މެންދުރު ރާއްޖެ އަތުވެއްޖެއެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ޙައްޖުވެރިން އެނބުރި އަންނަން ފަށާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
އެގޮތުން ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު މި މަހުގެ 13 ގައި އައި އިރު، ދެވަނަ ގުރޫޕުގެ ޙައްޖުވެރިން އައިސްފައި ވަނީ މި މަހުގެ 14 ގައެވެ.
އަދި ފަހު ފްލައިޓުގެ ޙައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
ޙައްޖުވެރިން މިފަހަރު ސަޢުދީއަށް ދަތުރުކޮށްފައި ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ވަރަށް ލުއިފަސޭހަކަމާއެކުގައެވެ.
މީގެ އިތުރުން މި އަހަރު ދިވެހި ހައްޖުވެރިންނަށް މިނާ ފޭލިގެތަކުގެ ކެޓެގަރީ ބީ ކެޓެގަރީއަށް ބަދަލުކޮށް ފޭލިގެތަކުގެ ފެންވަރުވެސް ވަނީ ރަނގަޅުކޮށްފައެވެ.




