މި އަހަރު ސެޕްޓެންބަރު މަހާއި އޮކްޓޫބަރު މަހުގައި ބާއްވަން ހަަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އަދި އެޗްއެސްސީ އިމްތިޙާނުތަކުގައި ބައިވެރިވުމަށް އެދޭ ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތުގައި ހުޅުވާލައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނީ މި އިމްތިޙާނުތަކުގައި އަމިއްލަގޮތުން ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ފައިސާ ބަލައިގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ފޯމު ދޫކުރުމާއި ފައިސާބަލައިގަތުން ކުރިއަށްދާނެ ކަމަށް ޑީޕީއީ އިން ބުނެފައިވެއެވެ.
އަދި ފައިސާ ބަލައިގަތުމުގެ ސުން ގަޑިއަކީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ކަމަށް ޑީޕީއީ އިން ހާމަކުރެއެވެ.
ޑީޕީއީ އިން ބުނީ އަމިއްލަގޮތުން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު، ޑީޕީއީގެ ކައުންޓަރުންނާއި ވެބްސައިޓް www.dpe.edu.mv އިން ލިބެން ހުންނާނެ ކަމަށެވެ.
މީގެ އިތުރުން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް info@dpe.edu.mv އަށް މެއިލް ކުރެވޭނެ ކަމަށްވެސް ޑީޕީއީ އިން ބުނެފައިވެއެވެ.




