ވިލިމާލޭގައި މިވަގުތު ހުރި އެންމެ ޒަމާންވީ މިސްކިތް ކަމަށްވާ މަސްޖިދުއްސަލާމް ހުރި ތަނުގައި ބޮޑު މިސްކިތެއް އަޅަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ޝަހީމް މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެ މިސްކިތް ބިނާކުރަން ހެޔޮ އެދޭ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެހެންކަމުން، ދެ އަހަރު ތެރޭ ނިންމާ ގޮތަށް އެ މަސައްކަތް ހަވާލުކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އެ މިސްކިތް އަޅަން ގުރުއާން ކިޔަވައި ދިނުމާއި އިލްމީ ކަންކަމަށް ބޭނުންކުރެވޭ ކްލާސްރޫމްތައް ވެސް ހިމެނޭހެން ކަމުގައި އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
ަައައު މިސްކިތެއް އެތަނުގައި އަޅަން ނިންމާފައިވީނަމަވެސް، އެކަމަށް ދާނީ ކިހާ ހަރަދެއްކަމެއް މިނިސްޓަރ ޝަހީމް އަދި ހާމަކުރައްވާފައެއް ނުވެއެވެ.


