ތ.އަތޮޅުގައި ކެންސަރަށް ސްކްރީން ކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފަށައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއީ ތ.އަތޮޅުގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ކެންސަރ ސޮސައިޓީއާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދާނީ 18 ޖޫން އިން 21 ޖޫން އަށެވެ.
ހެލްތު މިނިސްޓްރީން ބުނީ ތ.އަތޮޅުގައި މި ޕްރޮގްރާމް ހިނގުމަށް ނިންމާފައި ވަނީ ތ.ވިލުފުށި، ތ.މަޑިފުށި، ތ.ދިޔަމިގިލި، އަދި ތ.ބުރުނީގައި ކަމަށެވެ.
”ކެންސަރަށް ސްކްރީން ކުރެވޭ މިޕްރޮގްރާމުގައި އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރާއި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި، ޕްރޮސްޓޭޓް ކެންސަރާއި، ބޮޑު ގޮހޮރާއި ފުރަގަސް ފަރާތުގެ ކެންސަރަށް ސްކްރީން ކުރުން ހިމެނޭ“ ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.
ހެލްތު މިނިސްޓްރީން ވަނީ މި ސްކްރީނިންގ ޕްރޮގްރާމްތަކާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމާއި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ރަށެއްގެ ހެލްތު ސެންޓަރަށް ގުޅައި ނަންނޯޓް ކުރުމަށް އެދިފައެވެ.




