ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މެއިންޓަނަންސް މަސައްކަތެއް ކުރިއަށް ގެންދަން ނިންމާފައިވާތީ، މިރޭ ދަންވަރު ހިދުމަތްތައް މެދުކެނޑިދާނެ ކަމަށް އެ ބޭންކުން މިއަދު ބުނެފިއެވެ.
ބީއެމްއެލް އިން މިއަދު ބުނީ މިރޭ ދަންވަރު 2:00 އިން ފަތިހު 5:00 އާ ދެމެދު 30 މިނެޓަށް ބޭންކުގެ ގިނަ ހިދުމަތްތަކެއް މެދުކެނޑޭނެ ކަމަށެވެ.
އިންޓަނެޓް ބޭންކިން އާއި ބެންކުގެ ވެބްސައިޓުގެ ޚިދުމަތްވެސް މެދުކެނޑޭނެ ކަމަށް އެ ބޭންކުން ބުނެފައިވެއެވެ.
އަދި ޕީއޯއެސް މެޝިންތަކާއި އޭޓީއެމްގެ އިތުރުން ޕޭމަންޓު ގޭޓްވޭ ހިދުމަތްވެސް މެދުކެނޑޭނެ ކަމަށް އެ ބޭންކުން ހާމަކުރެއެވެ.
މީގެ އިތުރުން ކާޑުގެ ޚިދުމަތާއި ޑޮލަރު ބުކިން ޕޯޓަލްގެ ހިދުމަތް ވެސް އެވަގުތަށް މެދުކެނޑޭނެ ކަމަށް ބީއެމްއެލް އިން ބުނެފައި ވެއެވެ.
ބީއެމްއެލް އިން ބުނީ ކަނޑައެޅިފައިވާ ވަގުތު އިޚްތިޔާރުކޮށްފައި ވަނީ ހުރަސްތައް ކުޑަކުރުމަށް ކަމަށާއި އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ.



