ފޭސް 2 ގައި ތަރައްޤީކުރަމުން އަންނަ 4،000 ހައުސިން ޔުނިޓުގެ ސައިޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސް އޮފީހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ފޭސް 2 ގައި މިހާރު ތަރައްގީ ކުރަމުންދާ 4،000 ޔުނިޓުގެ ހައުސިން ސައިޓް ރައީސް އިންސްޕެކްޓް ކުރައްވާފައިވާ ކަަމަށެވެ.
އަދި ރައީސްގެ އެ ޒިޔާރަތުގައި ހައުސިން ޔުނިޓް ދޫކުރުމުގެ މަރުހަލާ ކުރިއަށްދާގޮތުގެ މައުލޫމާތު ވެސް ހިއްސާކުރައްވާފައިވާ ކަމަށް އެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
ފޭސް 2 ގައި ތަރައްޤީކުރަމުން އަންނަ 4،000 ހައުސިން ޔުނިޓުގެ ސައިޓަށް ރައީސް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.



