2023 އަދި 2024 ވަނަ އަހަރުގެ ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ”މަތީ އަރުތަވެރިންގެ އިނާމު“ ދިނުމުގެ ފުރަތަމަ ދަންފަޅީގައި 440 ދަރިވަރަކަށް މިއަދު އިނާމުދީފިއެވެ.
މިއީ ފަސް ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ރަސްމިއްޔާތެކެވެ. އެގޮތުން މި ރަސްމިއްޔާތު އޮތީ ސޯޝަލް ސެންޓަރުގައެވެ.
”މަތީ އަރުތަވެރިންގެ އިނާމު“ ދިނުމުގެ ފުރަތަމަ ދަންފަޅި ޝަރަފުވެރި ކޮށްދެއްވީ ކުރީގެ ރައީސް އަދި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު އެވެ.
މިއަދު ބޭއްވި މި ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅީގެ ސާނަވީ އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން ގަދަ 9 ގައި ހިމެނިފައިވާ 221 ދަރިވަރުންނަށާއި ގަދަ 8 ގައި ހިމެނުނު 219 ދަރިވަރުންނަށް ވަނީ ޓްރޮފީ ހަވާލު ކޮށްފައެވެ.
ސާނަވީ އަދި މަތީ ސާނަވީ ނިންމައި، އިންތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ނަތީޖާ ހޯދައިގެން، 2023-2024 ވަނަ އަހަރު 1800 އަށްވުރެ ގިނަ ދަރިވަރުން ތީ އަރުތަވެރިންގެ އިނާމު ހާސިލުކުރިއެވެ.



