އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އިންތިޒާމު ކޮށްގެން ޤައުމުތަކުގެ ފޮރިން މިނިސްޓަރުންނަށް ބާއްވާ 51ވަނަ ކައުންސިލު (ސީއެފްއެމް)ގައި ބައިވެރިވެވަޑައިގަތުމަށް، ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް އީސްޓަންބުލްއަށް ވަޑައިގެންފިއެވެ.
މިނިސްޓަރ ޚަލީލް ތުރްކީގެ ވެރި ރަށް އީސްޓަންބުލްއަށް ވަޑައިގެންނަވައިފިކަން ހާމަކުރައްވަމުން މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރިޓަޔާޑް ލުޓޭނެންޓް ޖެނެރަލް އަބްދުލްރަހީމް އަބްދުލް ލަތީފް ކަމަށެވެ.
މީގެއިތުރުން ތުރްކީ ސަރުކާރުން ދެއްވި މެހެމާންދާރީއާއި ބަހައްޓަވާ ގާތްކަމަށް މިނިސްޓަރ ޚަލީލް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
މިނިސްޓަރ ޚަލީލްގެ މި ދަތުރުފުޅުގައި އިސްލާމީ އެހެން ޤައުމުތަކުގެ ބައެއް އިސްވެރިންނާވެސް ބައްދަލުކުރައްވާ، މިވަގުތު އެންމެ ކަންބޮޑުވުންފާޅު ކުރަންޖެހޭ ކަންތައްތަކާ ވާހަކަ ދައްކަވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އޯއައިސީ މިއަހަރުގެ މި ކައުންސިލު ބައްދަލުވުމަށް ކަނޑައަޅާފައިވާ ޝިއާރަކީ ”ދަ އޯއައިސީ އިން އަ ޓްރާންސްފޯމިންގް ވޯލްޑް“ އެވެ.



