ްޖީއެމްސީއީ ނުވަގަ ޖެމްކިޔު ސްކީމަށް އިންވެސްޓްކުރި ގިނަ ބަޔަކަށް ފައިސާ ނުލިބި، ހުއްޓިފައި ވަނިކޮށް ބޮޑެތި ގެއްލުންތަކެއް ވެފައި ވަނިކޮށް އެފަދަ އެހެން ސްކީމެއް ފަށާފައިވާކަން ފެންމަތިވެއްޖެއެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓަރީނުކޮށް، މި ސްކީމު ހިންގަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، މިދިޔަ ހަފުތާގައި ފުލުހުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މިއީ ޕިރަމިޑް ސްކީމެއްކަން ކަށަވަރު ވެފައިވާ ކަމަށާއި އެ ސްކީމު ހިންގައި ޕްރޮމޯޓް ކުރާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ޖެމްކިޔު ސްކީމަށް ދިވެހިންގެ ތެރެއިން 50،000 އަށްވުރެ ގިނަ މީހުން ފައިސާ ޖަމާކޮށްފައިވެއެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން އެ ސްކީމުން ފައިސާ ނުނެގެއެވެ.
އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރުވެސް ވަނީ ހީވެފައެވެ.
ޖެމްކިޔުގެ ޓެލެގްރާމް ގްރޫޕުގައިވާ ގޮތުން، އެ ސްކީމުން މިހާރު ފައިސާއެއް ނުނެގެ އެވެ. އެހެންވެ ”ކުއަންޓްޕޭން“ ގެ ނަމުގައި އާ ސްކީމެއް ފަށައި އެ އަށް އިންވެސްޓް ކުރުމަށް ލިންކެއް ވެސް ވަނީ ޓެލެގްރާމް ގުރޫޕަށް ދޫކޮށްލައިފަ އެވެ އެވެ. އެކަމަކު އެ ސްކީމު ފަށާފައި ވަނީ ޖެމްކިޔު ހިންގުމުގައި އުޅުނު މީހުން ކަމެއް އަދި ސާފެއް ނޫނެވެ.



