މާލޭގެ ގެއެއްގެ ދެވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓި، ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މާލޭގެ މައްޗަންގޯޅީގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާއިން އުމުރުން 42 އަހަރުގެ އަންހެނަކު ވެއްޓިފައިވާ މައްސަލަ މިއަދު ފަތިހު 4:00 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އަންހެން މީހާގެ ދެ ފައިގެ ކުޑަހުޅުން ނެއްޓި، ”އޯޕަން ފްރެކްޝަރ“ އެއްވެ އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމުގައި ފުލުހުން ވިދާޅުވިއެވެ.
އަނިޔާވި އަންހެން މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.



