ހއ. ތުރާކުނުގައި ޤާއިމުކުރާ އައުޓްޑޯރ ޖިމަށް ބޭނުންވާ ސާމާނު އެ ރަށަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތުގެ ކޮންޓްރެކްޓަރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު ބުނީ މިއީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢުއެއް ކަމަށެވެ.
އެގޮތުން ތުރާކުނުގައި އަލަށް އިމާރާތްކުރާ އައުޓްޑޯރ ޖިމަށް ބޭނުންވާ ސާމާނު އެ ރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާރްޑީސީން ބުނެފައި ވެއެވެ.
ސަރުކާރުން ރާއްޖޭގެ އެކި ރަށްތަކުގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަންގެ މަސައްކަތުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކުޅިވަރު ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ވަޢުދުފުޅަކީ ދެ އަހަރުގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި، އައުޓްޑޯ ޖިމް ޤާއިމްކޮށްދެއްވުމެވެ.


