މެޓަބޮލިކް ޑިސްއޯޑާއަށް ފަރުވާދިނުމަށް، މެޓަބޮލިކް ސެންޓަރެއް ރާއްޖޭގައި ހުޅުވައިފިއެވެ.
މިއީ މިފަދަ ސެންޓަރެއް ރާއްޖޭގައި ހުޅުވި ފުރަތަމަ ފަހަރެވެ.
މޯލްޑިވްސް ނިއުރޯ އެންޑޯކްރައިން މެޑިކަލް ފެސިލިޓީގެ ފަރާތުން ހުޅުވި މި ސެންޓަރު ހުންނާނީ ލިލީ މަގުގައެވެ.
މި ސެންޓަރު ހުޅުވައިދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.
މި ސެންޓަރުން ހަކުރުބަލި، ކޮލެސްޓްރޯލް،ލޭގެ ޕްރެޝަރ މައްޗަށް ދިއުން ފަދަ ބައްޔެއް ހުރިނަމަ އެކަން މޮނިޓަރކޮށް، ޓެސްޓުކޮށް އެކަމަށް ފަރުވާކުރެވޭނެއެވެ.
މި ސެންޓަރުން ހުރިހާ އުމުރެއްގެ މީހުންނަށްވެސް ޚިދުމަތް ދޭނެއެވެ.



