ޔޫއޭއީ އަދި ދުބާއީގެ ވައިގެ ސަރަހައްދު ބަންދުކޮށްފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޔޫއޭއީ އަދި ދުބާއީގެ ވައިގެ ސަރަހައްދު ބަންދުކޮށްފައި ވަނީ އީރާން އިން ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދިނުމުންނެވެ.
ޔޫއޭއީ އަދި ދުބާއީގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާއިރު މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިން ޓްރާންސިޓްވާ އެންމެ ގިނަ އެއާޕޯޓުތައް ހުރި ސަރަހައްދެވެ.
ގަތަރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގަތަރުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ގައުމުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.
އެމެރިކާގެ އެންމެ ބޮޑު އެއް ވައިގެ އަސްކަރީ މަރުކަޒު ހުންނަނީ ގަތަރުގައެވެ.
އީރާނުން ބަދަލުހިފުމުގެ ހަމަލާއެއް އެމެރިކާ ސިފައިންގެ އަސްކަރީ މަރުކަޒުތަަކަށް ދީފައި މި ވަނީ މި މަހުގެ 22 ވަނަ ދުވަހުގެރޭ އީރާނުގެ 3 ނިއުކްލިއަރ ސައިޓަކަށް އެމެރިކާގެ އަސްކަރިއްޔާއިން ބޮން އަޅާފައިވާތީއެވެ.
އެގޮތުން އެ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިރާގުގައި ހުންނަ އެމެރިކާ ސިފައިންގެ އަސްކަރީ މަރުކަޒަކަށް އީރާނުން ހަ މިސައިލް ފޮނުވާލާފައިވާއިރު އެމެރިކާގެ އެންމެ ބޮޑު އެއް އަސްކަރީ މަރުކަޒު ހުންނަ ގަތަރުގެ ވެރިރަށް ދޯހާގައި ވެސް ބޮމުގެ ހަމަލާތަކެއް ދީފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.



