އީރާނުން ޤަތަރަށް ހަމަލާދިނުން ސައުދީ އަރަބިއްޔާ އިން ކުށްވެރިކޮއްފި އެވެ.
އީރާނުން މިރޭ ވަނީ އިރާގާއި ގަތަރުގައި ހުންނަ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީފައެވެ.
ސައުދީ އަރަބިއްޔާ އިން އެ ހަމަލާ ކުށްވެރިކޮށްފައި ވަނީ ޤަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަަޒަށް އަމާޒުކޮށް އިރާނުން ދިން ހަަަމަލާއާ ގުޅިގެން ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އުޞޫލުތަކާ ޚިލާފަށް އީރާނުން ޤަތަރަށް ދިން ޙަމަލާ ސަޢޫދީ ޢަރަބިއްޔާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަން ހާމަކޮށްފައެވެ.
އަދި މިއީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށް ސައުދީން ވަނީ ބުނެފައެވެ.
އިރާގާއި ގަތަރުގައި ހުންނަ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ބަދަލުހިފުމުގެ ހަމަލާއެއް ދީފައި މި ވަނީ މި މަހުގެ 22 ވަނަ ދުވަހުގެރޭ އީރާނުގެ 3 ނިއުކްލިއަރ ސައިޓަކަށް އެމެރިކާގެ އަސްކަރިއްޔާއިން ބޮން އަޅާފައިވާތީއެވެ.
އެގޮތުން އެ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިރާގުގައި ހުންނަ އެމެރިކާ ސިފައިންގެ އަސްކަރީ މަރުކަޒަކަށް އީރާނުން މިރޭ ހަ މިސައިލް ފޮނުވާލާފައިވާއިރު އެމެރިކާގެ އެންމެ ބޮޑު އެއް އަސްކަރީ މަރުކަޒު ހުންނަ ގަތަރުގެ ވެރިރަށް ދޯހާގައި ވެސް ބޮމުގެ ހަމަލާތަކެއް ދީފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.
އެ ހަމަލާތަކާއި ގުޅިގެން ގަަތަރުގެ ސްކޫލްތަކާއި ވައިގެ ސަރަހައްދުވެސް ވަނީ ބަންދުކޮށްފައެވެ.



