ހިޔާވެހި ފައިނޭންސިން ސްކީމްގެ ދަށުން ލޯނު ދޫކުރުމަށް ހައުސިން މިނިސްޓްރީން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިކަން ހާމަކޮށްފައި ވަނީ ހައުސިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެ މިނިސްޓްރީން ބުނީ ”ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް“ ގެ ދަށުން ލޯނުދޫކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބްއެވެ.
އަދި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ. އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްއެވެ.
ހައުސިން މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްކަމުގައިވާ ބޯހިޔާވެހިކަން %5 ޕްރޮފިޓް ރޭޓުގައި ބޭންކުތަށް މެދުވެރިކޮށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.




