ގއ. ކޮލަމާފުށީގެ މަގުތައް ހެދުމުގައި މިހާރު ކުރިއަށްދާ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު އާންމުކޮށްފި އެވެ.
އެގޮތުން އާރްޑީސީން މިއަދު ބުނީ ކޮލަމާފުށި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޗާންދަނީ މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުތައް ތަރައްގީ ކުރުމަށް އާރްޑީސީން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މިވަގުތުވެސް ނޯތު ރީޖަންގައި ހިމެނޭ ގިނަ ރަށްތަކާއި ސައުތު ރީޖަންގައި ހިމެނޭ ގިނަ ރަށްތަކުގެ މަގުތައް ތަރައްގީ ކުރުމާއި ދުވާރު ރަނގަޅު ކުރުމުގެ ބުރަ މަސައްކަތް އާރްޑީސީން ދަނީ ކުރަމުންނެވެ.




