އަލިފާނުގެ ހާދިސާތަކަށް އަހުލުވެރި ކުރުމުގެ ގޮތުން ފަޔަރ ޑްރިލްއެއް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އޮފީސް އިމާރާތުގައި މިއަދު ކުރިއަށްގެންދަން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ފަޔަރ ޑްރިލް ކުރިއަަށްދަަނީ މިއަދު މެންދުރުގެ ވަގުތެއްގައި، އެޗްޑީސީގެ އޮފީސް އިމާރާތުގައި ކަމަށެވެ.
މިއީ އަލިފާނުގެ ހާދިސާތަކަށް އެ ކުންފުނީގެ މުވައްޒަފުން އަހުލުވެރި ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެއްކަމަށް ވަނީ އެނގިފައެވެ.
މި ހަރަކާތާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ލިބިފައި ނެތްނަމަވެސް، މިއީ އެޗްޑީސީ އާއި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ޑިޕާޓްމަންޓާ ގުޅިގެން ހިންފޭ ހަރަކާތެއްކަމަށް ވަނީ އެނގިފައެވެ.



