ކާށިދޫ ކަނޑަށް މިއަދު ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުގައި ތިބި މީހުންގެ ތެރެއިން ދިވެއްސަކު ނިޔާވެއްޖެއެވެ.
ސިވެކްގެ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލިކަމަށް އެމްއެންޑީއެފް އިން ވަނީ މިއަދު ހެނދުނު ވިދާޅުވެފައެވެ.
އެ އުޅަނދުގައި ތިބީ ތިން ދިވެހިންނާއި 3 ބިދޭސީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ތިން ދިވެހިންނަކީ، ސިފައިންގެ ބައެއްކަން ވެސް ވަނީ އެނގިފައެވެ.
ޅ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި ބަންޑުން ޖަހާލި ކްރާފްޓުން ކަނޑުވި އިތުރު މީހަކުވެސް ފަރުވާއަށް އެ ހޮސްޕިޓަލަށް ގެންދިޔުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ ބިދޭސީއެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބުން އެމްއެންޑީއެފް އިން އަދި ހާމަކޮށްފައެއް ނުވެއެވެ.




