ހުކުރު ދުވަސްތަކުގެ ހެނދުނު ވަގުތުގައި މާލެ އާއި ވިލިމާލޭގެ ބައެއް މަގުތަކުގައި ވެހިކަލް ނުދުއްވޭ ގޮތަށް ބަންދުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިގޮަތަށް ހުށަހަޅުއްވާފައި ވަނީ މާލެ ސިޓީ ކައުންސިލްގެ މިއަދު ޖަލްސާގައި މޭޔަރު އާދަމް އާޒިމް އެވެ.
މޭޔަރު ހުށަހެޅުއްވީ މާލެ އާއި ވިލިމާލޭގެ ބައެއް މަގުތަކަކީ ހުކުރު ދުވަހުގެ ހެނދުނު ވެހިކަލް ދުއްވުން މަނާ މަގުތަކެއްގެ ގޮތުގައި ހެދުމަށެވެ.
އާޒިމް ހުށަހަޅުއްވާފައި ވަނީ ހުކުރު ދުވަސްތަކުގައި މާލޭގެ ބޮޑެތި މަގުތައް ފިޔަވައި އެހެން ހުރިހާ މަގުތަކެއްގައި ފަތިހު 5:30 އިން ހެނދުނު 9:00 އަށް ވެހިކަލް ނުދުއްވޭ ގޮތަށް ހަމަޖެއްސުމަށެވެ.
މޭޔަރު ވިދާޅުވީ މި ނިންމުން ނިންމާފައި ވަނީ ކުޑަކުދިން ގެއިން ބޭރަށް ނުކުމެ މަގުމަތީގައި ކުޅެ އުޅުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ.
އަދި ހުކުރު ދުވަހުގެ އެ ވަގުތަކީ އެހާ ޓްރެފިކް ބާރުބޮޑު ގަޑިއެއްވެސް ނޫން ކަމަށް މޭޔަރު ވިދާޅުވިއެވެ.
މި ނިންމުމުގެ ސަބަބުން މާލެ ތެރޭގައި ކުދިންނަށް ކޮންމެވެސް ވަރެއްގެ ރައްކާތެރި މާހައުލަކަށް ނިކުމެ އުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.




