ހިޖުރީ އައު އަހަރުގެ ތަަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ފަސްޓް ލޭޑީ ކުރެއްވި ޕޯސްޓެއްގައި ވަނީ، އިސްލާމީ އުންމަތަށް އަމާންކަމާއި ހިތްހަމަޖެހުން މާތްﷲ މިންވަރު ކުރައްވާ، ދިވެހިރާއްޖެއަށް ނަޞްރާއި ނަސީބު އަބަދުމެ މިންވަރު ކުރައްވުމަށް އެދި ދުޢާ ކުރައްވާފައެވެ.
މިއަދަކީ ހިޖުރީ އައު އަހަރު ފެށޭ ދުވަސް ކަމުގައިވާއިރު، މި ދުވަސް އިސްލާމީ އުންމަތުން ފާހަގަ ކުރަނީ ކީރިތި ރަސޫލާ މުޙައްމަދު (ޞޢވ) މައްކާ ދޫކޮށްލައްވައި، މަދީނާއަަށް ހިޖުރަ ކުރެއްވި ތާރީހީ ހާދިސާއާ ގުޅިގެންނެވެ.
އެކަލޭގެފާނުގެ އެ ދަތުރުފުޅަކީ އިސްލާމީ ދައުލަތް ޤާއިމުކުރެއްވުމަށް ފެށްޓެވި މަތިވެރި މަސައްކަތްޕުޅުން އެތަކެއް ޢިބްރަތެއް ލިބިގެންދާ ދަތުރުފުޅެކެވެ.
މިއަދު ފެށިފައިމިވަނީ ހިޖުރީ ގޮތުން 1447 ވަނަ އަހަރެވެ.




