ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް 3 މީހަކު ހާޒިރުކުރަން ހޯދަން އިއުލާނުކޮށްފިއެވެ.
ފުލުހުން މިއަދު ވަނީ އެ ތިން މީހުންގެ ވަނަވަރު އާންމުކޮށްފައެވެ.
1. ދ. ކުޑަހުވަދޫ / އައިޝާ މަންޒިލް، އަޙްމަދު ސުނިލް (40އ)
2. ހ. ގާރޑްންބިޔުޓީ / މާލެ، މުޙައްމަދު ޝައިޙާން (26އ)
3. ތ. ތިމަރަފުށި / ކަށިމާގެ، މުޙައްމަދު ޙައްސާން (33އ)
ފުލުހުން ބުނީ އެ ތިން މީހުން ހޯދަން އިއުލާނުކޮށްފައި ވަނީ ފުލުހުންގެ ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ކަމަށެވެ.
ނަމަވެސް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެގޮތުގެ މަތިން ފުލުހުން ވަނީ އެ ތިން މީހުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކޮށްފައެވެ.
ފުލުހުން ބުނީ އެ ތިން މީހުން ހާޒިރު ކުރަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ކަމަށެވެ.
އެހެންކަމުން ފުލުހުން ވަނީ އެ ތިން މީހުން ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގް އަށް 2025 ޖުލައި 3 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް އަންގާފައެވެ.



