ރ. މާކުރަތުގައި 36 ބައިވެރިންނާއެކު ހައިޑްރޮޕޯނިކްސްގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އެގްރިކަލްޗަރ މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މާކުރަތުގެ ދަނޑުވެރިންނާއި ސްކޫލްގެ ސާނަވީ ކުދިންނަށް އަމާޒުކޮށްގެން މި މަހުގެ 12 އިން 23 ހަމައަށް ކަމަށެވެ.
އަދި މި ތަމްރީންތަކުގައި ޖުމްލަ 36 ފަރާތަކުން ބައިވެރިވެ، ތަމްރީންތައް ފުރިހަމަ ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ޒަމާނީ ވަސީލަތްތަކާއި އެކު ދަނޑުވެރިކަން ކުރާނެ ގޮތުގެ ތަމްރީންތައް އެގްރިކަލްޗަރ މިނިސްޓްރީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ ހިންގަމުންނެވެ.


