ދެމެހެއްޓެނިވި ތަރައްޤީގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނުގެ އެކްސް އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް މަގުފަހިކޮށްދޭ ވިޔަފާރިވެރިންނާއި އިނޮވޭޓަރުންގެ އަގު ވަޒަންކުރާ ކަމަށެވެ.
ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
”މޯލްޑިވްސް އެކްސްޕޯ 2025 ގެ ކާމިޔާބީއަށްފަހު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިއެރުމަށް މަގުފަހިކޮށްދޭ އިކޯސިސްޓަމް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގައި، ރާއްޖޭގެ އިޤުތިޞާދު ސިންދަފާތު ކުރުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެ މާޙައުލެއް ޤާއިމުކުރުމަށް މަސައްކަތް ކުރާނަން“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން 2040 ވަނަ އަހަރު އަންނަންވާއިރަށް ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް މަސައްކަތް ކުރާއިރު، އިޤްތިޞާދީ ތަފާތުކަމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަށް ކުރިއެރުވޭނެ މާޙައުލެއް ޤާއިމުކުރުމަށް، މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.




