ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުުހުން ހޯދަން އިއުލާނުކޮށްފައިވާ ދެ މީހުންނަކީ:
1. ރ. ރަސްމާދޫ / ކަރަންކާގެ، އަޙްމަދު ވިސާމް (35އ)
2. މއ. ދިލްމާ / މާލެ، ޢަލީ ނިމާލް (36އ)
ފުލުހުން މިއަދު ބުނީ އެ ދެ މީހުން ހޯދަން އިއުލާނުކުރި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.
ފުލުހުން ވަނީ އެ ދެ މީހުންނާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.



