މޫސުން ގޯސްވެފައިވުމުން އުދަ އަރާނެ ކަމަށަ މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފައިވާތީ ބްރިޖާއި ހައިވޭގައި ދަތުރުކުރާ މީހުން ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
އުދަ އަރާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލުވެސް ނެރެފައެވެ.
އެކަމާ ގުޅިގެން ފުލުހުން ވަނީ އުދަ އަރާނެ ކަމަށް ލަފާކޮށްފައިވާ ވަގުތުގައި ބްރިޖާއި ހައިވޭގައި ދަތުރުކުރުމަށް ހަތަރު ފުރޮޅުލީ އުޅަނދު ބޭނުން ކުރުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ލަފާކޮށްފައިވާއިރު، އެ އިދާރާ އިން ބުނީ އުތުރާއި މެދުރާއްޖެ ތެރޭގެ ރަށްތަކުގެ އެކި ސަރަހައްދުތަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.




