ބަނޑުހައި ހޫނުކަމުގައި އޮތް ޣައްޒާއަށް ޔަހޫދީ އިޒްރޭލާއި އެމެރިކާއިން ބަހަމުންދާ ގޮދަންފުށުގެ ތެރެއިން ބާރުގަދަ ނުރައްކާތެރި ބޭހެއް ފެނިއްޖެއެވެ.
ބޭރުގެ ރިޕޯޓުތަކުން ހާމަކޮށްފައިވާ ގޮތުގައި، ފުށްބަސްތާ ތަކެއްގެ ތެރެއިން ފެނިފައިވަނީ ވޭން ހުރި ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށް، އެ ވޭން ލުއިވާނެ އެހެން ގޮތެއް ނެތް ހާލަތުގައި ދޭ ތަދުކަނޑުވާ ބޭހެއް ކަމަށްވާ އޮކްސީކޯޑޯން ބޭހުގެ ގުޅަތަކެކެވެ.
މި ބޭހަކީ ވަރަށް ފަސޭހައިން އެޔަށް އެޑިކްޓްވެ، ހެލުސިނޭޓްވުމާއި ނޭވާލާން އުނގަދޫވުންފަދަ ކަންކަންވުމުގެ އިތުރުން ފުރާނައަށް ވެސް ނުރައްކާވާފަދަ ބާރުގަދަ ބޭހެކެވެ.
ޣައްޒާގެ ދައުލަތުގެ މީޑިއާއިން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއާއި އިޒްރޭލުން ބެހި މި ފުށުގެ ތެރެއިން މި ބޭސް ހަތަރު މީހަކަށް ފެނިފައިވާ ކަމަށެވެ.
ގަސްތުގައި މީގެ ބޭސް ފުށާ އެއްކޮށްފައިވާ ކަމަށް އެކަށީގެންވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ފަލަސްތީނުގެ ފާމަސިސްޓެއް ކަމަށްވާ އުމަރު ހަމަދު ބުނީ އިޒްރޭލުން ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމާގައި މިއީ އެންމެ ހީލަތްތެރި އެއް އަމަލު ކަމަށެވެ. އަދި މިކަމުގައި އެމެރިކާއިން ވެސް ޔަހޫދީންނާ އެއްބައިވެފައިވާކަމަށް ބުނެފައިވެއެވެ.




