ސޭޝެލްސްގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް ވަވެލް ރަމްކަލަވާނަށާއި ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ރައީސް މުޢިއްޒުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ސޭޝެލްސްގެ މިނިވަން ދުވަހު އެ ޤައުމުގެ ރައްޔިތުންނަށް އުފާވެރިކަމާއި އެއްބައިވަންތަކަމަށް އެދޭ ކަމަށެވެ. އަދި މިނިވަން ދުވަހުގެ ތަހުނިޔާ އެގައުމުގެ ރައީސާއި ސަރުކާރަށާއި، ރައްޔިތުންނަށް އަރިސްކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖެއާއި ސޭޝެލްސްއާ ދެމެދުގެ ގުޅުމަށް ވެސް ފައިދާވާ ދާއިރާތަކާއި ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ޤާއިމުކުރުމަށް ދޭދޭ ގުޅުން ވަރުގަދަކުރުމަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އިނގިރޭސީންގެ ހިމާޔަތުން ސަލާމަތްވެ، މިނިވަން ދައުލަތަކަށްވީ 1977 ވަނަ އަހަރުއެވެ. މިއަދަކީ އެ ޤައުމުން ފާހަގަކުރާ 48 ވަނަ މިނިވަން ދުވަހެވެ.



