މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފިއެވެ.
އެ ޖަލްސާ ބާއްވާފައި ވަނީ ހުޅުލޭ އައިލެންޑް ހޮޓެލްގައެވެ.
އެ ޖަލްސާގައި އެމްއޭސީއެލްގެ ޗެއަރޕާސަން އައިޝާ ނޫރައިން ޖަނާހާއި، ބޯޑު ޑިރެކްޓަރުންނާއި، ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝަރީފް މުޙަންމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޗެއާޕާސަން ނޫރައިން ވަނީ އެ ކުންފުނިން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން އެ ކުންފުނީގެ ކުރިއެރުމާ ބެހޭ ގޮތުން އަގުހުރި މައުލޫމާތުތަކެއް ނޫރައިން ވަނީ ހިއްސާކުރައްވާފައެވެ.


