ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންނަށް ފަޔަރ އިވެކުއޭޝަން ޑްރިލެއް ކުރިއަށް ގެންގޮަސްފިއެވެ.
މި ފަޔަރ ޑްރިލް ކުރިއަށް ގެންގޮސްފައި ވަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުންނެވެ.
މި ޑްރިލްގައި އެޗްޑީސީގެ 165 މުވައްޒަފުން ބައިވެރިވެފައި ވެއެވެ.
އެގޮތުން އެޗްޑީސީ އޮފީސް އިމާރާތުގައި އިއްޔެ ކުރިއަށް ގެންދިޔަ މި ޑްރިލްގައި، އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ހާލަތުގައި ސަލާމަތްތެރިކަމާ އެކު އިމާރާތުން ނުކުންނާނެ ގޮތްތައް ފަރިތަކޮށްދީފައި ވެއެވެ.
މީގެ އިތުރުން އަނިޔާވެފައިވާ މީހަކަށް ފުރަތަމަ އެހީދޭނެ ގޮތްތައް ބައިވެރިން ވަނީ ފަރިތަކޮށްފައެވެ.



