މަސައްކަތް ކުރަން ދިޔަ ގެއަކުން ވައްކަން ކުރި އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ބިދޭސީ އަންހެނެކެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި މި މަހުގެ 28 ވަނަ ދުވަހު ހައްޔަރު ކޮށްފައި ވަނީ ނޭޕާލްއަށް ނިސްބަތްވާ އަންހެނެއް ކަމަށްވާ 39އ ގެ ތަޕާ ރުދްރާ މާޔާ ކަަމަށެވެ.
އަދި އޭނާ ވައްކަންކޮށްފައި ވަނީ ވިލިމާލޭގައި އޭނާ މަސައްކަތްކުރަންދިޔަ ގެއަކުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި ހާދިސާ ހިނގިކަން ހާމަކޮށްފައިވީ ނަމަވެސް އޭނާާ ވަގަށް ނަގާފައި ވަނީ ކޯއްޗެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.



