އިސްތަށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ ޕެކެޓްތަކެއް ފެނުމުން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
އެ މީހާ ބަންދު ކުރަން އިއްޔެ ނެރުނު ކޯޓު އަމުރުގައި ބުނީ އޭނާގެ އިސްތަށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ ފަސް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ކަމަށެވެ.
އޭނާ ވަނީ އިސްތަށިގަނޑުން ފަސް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް އިއުތިރާފުވެ އެއީ އޭނާ ބޭނުން ކުރަން ގެންގުޅުނު ތަކެތި ކަމަށް އެއްބަސްވެފައެވެ.
މި މައްސަލައިގައި ފެނުނު މަސްތުވާތަކެއްޗަކީ ޓްރެފިނިކް މިންގަނޑަށް އަރާ މަސްތުވާތަކެތިކަން ދެނެގަނެވިފައިނުވާތީ އެ މީހާގެ ބަންދަށް ވަނީ ކުރު މުއްދަތެއް ދީފައެވެ.
މިގޮތުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައެވެ.




