ތ. ވިލުފުށީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދެ ދޯންޏެއްގައި މިއަދު އަލިފާން ރޯވެ، ދެ މީހަކު ފިހިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، ރޯވެފައި ވަނީ ރޯވީ ތެލުގެ ވިޔަފާރިކުރާ އަމިއްލަ މީހެއްގެ ދެ ދޯންޏެއްގައެވެ.
އެރަށު ކައުންސިލު މެންބަރު ވިދާޅުވެފައިވަނީ، ދެވަނަ ދޯނީގައި ރޯވީ، ފުރަތަމަ ދޯނީގައި ރޯވި އަލިފާނުގެ އަސަރުކޮށްގެން ކަމަށެވެ.
އަލިފާނުގެ މި ހާދިސާގައި ދޯނީގެ ވެރިފަރާތާއި ދޯނީގައި މަސައްކަތްކުރާ ބިދޭސީއަކު ފިހެގެން ރަށު ހެލްތު ސެންޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.
”ޕެޓްރޯލް ފުލްކޮށް ހުއްޓާ ޕަމްޕު ޖެއްސީމަ ރޯވީ ކަމަށް އަޑުއިވުނީ.“ ކައުންސިލު މެންބަރު ވިދާޅުވެފައިވެއެވެ.
އެނގިފައިވާ ގޮތުގައި މިއަދު ރޯވި ދޯނިތަކުގެ ވެރިފަރާތުގެ ތެޔޮ ދޯންޏެއްގައި މީގެ ކުރިންވެސް އަލިފާން ރޯވެ، ގެއްލުންވެފައިވެއެވެ.




