ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މ. މުލަކު ސްކޫލުގެ ފުޓްސަލް ދަނޑުގައި ކުރަމުންދާ މަސައްކަތް ހާމަކޮށްފިއެވެ.
އާރްޑީސީން މިއަދު ހާމަ ކުރި ގޮތުގައި އެ ކޯޕަރޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން މުލަކު ސުކޫލްގެ ފުޓްސަލް ގުރައުންޑް އެއްވަރު ކުރުމާއި ބެކް ފިލިންގްގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި މަސައްކަތް ކުރުމަށް އާރްޑީސީން ހަވާލުވެފައިވަނީ މިއަހަރު ކުރީ ކޮޅެވެ.
މުލަކު ސްކޫލްގެ ފުޓްސަލް ދަނޑުގެ މަސައްކަތް ކުރުމުގެ އިތުރުން އެ ކޯޕަރޭޝަނުން ދަނީ އެ ރަށުގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތާވެސް މިދިޔަ މަހު ހަވާލުވެފައެވެ.



